ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ، ޣައްޒާއާ ވަރަށް ކައިރީގައި

ރ
2 އޮކްޓޫބަރު 2025 11:341 މިނިޓުގެ ކިޔުން
Aa

އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދާ ”ގްލޯބަލް ސުމޫދް ފްލޮޓީލާ“ގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވެފައިވާ ކަމަށް ބުނެފި އެވެ

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޣައްޒާއަށް ދަތުރުކުރަމުންދާ 45 ބޯޓުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ

އެ ބޯޓުތައް އިއްޔެގެ ވަގުތެއްގައި ރެޑް ޒޯނެއް ވަދެފައިވާއިރު، އިޒްރޭލުން ރޭ ވަނީ 13 ބޯޓަކަށް އަރައި، 37 ގައުމަކަށް ނިސްބަތްވާ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ގުދުސް ނިއުސް ނެޓްވޯކުން ބުނެފައިވާ ގޮތުން ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް މިހާރު ވަނީ ވަދެފަ އެވެ. ”މިކެނޯ“ ނަމަކަށް ކިޔާ އެ ބޯޓު މިހާރު ޣައްޒާއާ ހުރީ ވަރަށް މަދު ކިލޯމީޓަރު ދުރުގައި ކަމަށްވެސް ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު