ޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން ހޯދަނީ

މ
29 ސެޕްޓެމްބަރު 2025 08:17އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޗެނަލް 13ގެ ކުރީގެ ސީއޯއޯ ރ. އަލިފުށި/ ދޭލިޔާގެ، މުހައްމަދު ސަމާހު، ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ފުލުހުން މިއަދު ބުނީ، ސަމާހު ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން 1 އޮކްޓޯބަރުގެ 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ސަމާހުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު