އިޒްރޭލުގެ އިންޒާރުތަކަށް ނުބަލައި ފްލޮޓީލާގެ ގިނަ ބޯޓުތައް އަދިވެސް ދަނީ ޣައްޒާއަށް ދަތުރުކުރަމުން

މ
2 އޮކްޓޫބަރު 2025 09:32އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދާ ”ގްލޯބަލް ސުމޫދް ފްލޮޓީލާ“ އަށް އިޒްރޭލުން ހުރަސްއަޅައި އިންޒާރު ދިން ނަމަވެސް ބައެއް ބޯޓުތައް އަދިވެސް ނުހުއްޓި ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޣައްޒާއަށް ދަތުރުކުރަމުންދާ 45 ބޯޓުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ.

ގްލޯބަލް ސުމޫދް ފްލޮޓީލާގެ ތަރުޖަމާން ސައިފް އަބޫކެޝެކް ވިދާޅުވީ, އިޒްރޭލުން އިއްޔެ 13 ބޯޓަށް އަރައިގަނެފައިވާ ކަމަށެވެ. އަދި އެ ބޯޓުތަކުން 37 ގައުމަކަށް ނިސްބަތްވާ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ސްޕެއިނަށް ނިސްބަތްވާ 30 މީހުންނާއި އިޓަލީއަށް ނިސްބަތްވާ 22 މީހަކާއި ތުރުކީގެ 21 މީހެއް އަދި މެލޭޝިއާގެ 12 މީހަކު ހިމެނެ އެވެ.

އޭނާ ވިދާޅުވީ, އިޒްރޭލުން ބޯޓުތަކަށް އެރި ނަމަވެސް މިޝަން ކުރިއަށްދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު