މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ބީއެމްއެލް އަށް

ރ
17 ސެޕްޓެމްބަރު 2025 11:131 މިނިޓުގެ ކިޔުން
Aa

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ބޭންކް އޮފް މޯލްޑިވްސް ކަން ހިސާބުތަކުން ދައްކައިފި އެވެ.

ޕީސީބީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ކުންފުނިތަކަށް ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 35 ޕަސެންޓް ހިއްސާކުރަނީ ބީއެމްއެލް އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 499 މިލިއަން ރުފިޔާގެ ފައިދާ ވެފައިވެ އެވެ.

ޕީސީބީގެ ހިސާބުތަކުން ދައްކާ ގޮތުން ސަރުކާރުން ހިއްސާވާ ކުންފުނިތަކަށް ލިބުނު ފައިދާގެ 98 ޕަސެންޓް ހިއްސާކުރަނީ ފަސް ކުންފުންޏެކެވެ. އެއީ ބީއެމްއެލްގެ އިތުރުން އެޗްޑީސީ، ދިރާގު، އެމްއޭސީއެލް އަދި އެސްޓީއޯ އެވެ.

  • އެޗްޑީސީ: 277 މިލިއަން ރުފިޔާ

  • ދިރާގު: 240 މިލިއަން ރުފިޔާ

  • އެމްއޭސީއެލް: 158 މިލިއަން ރުފިޔާ

  • އެސްޓީއޯ: 148 މިލިއަން ރުފިޔާ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު