މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!

މ
16 ސެޕްޓެމްބަރު 2025 19:11އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

MAJLIS

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ (މީޑިއާ ބިލު) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ނޫސްވެރިންނަށް އަދަބު ދިނުމާއި މީޑިއާތައް ބަންދު ކުރުމުގެ ބާރު ދީފައިވާ މި ބިލާމެދު 150 އަށްވުރެ ގިނަ ނޫސްވެރިން ނުރުހުން ފާޅުކޮށްފައިވާއިރު ބާ ކައުންސިލާއި އިދިކޮޅު ސިޔާސީ ޕާޓީތައްވެސް ބިލާމެދު ނުރުހެ އެވެ.

ނަމަވެސް އެ ކަންކަމަށް ރިއާޔަތް ނުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ އެ ބިލު ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހިމެނުމަށް މިއަދު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވައި އަލުން ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.

އެ ބިލު ފާސްކުރުމަށް މިއަދު އޮތީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމައިފަ އެވެ. ޖަލްސާގައި އެ ބިލު ތަޅުމަށް ހުށަހެޅުމުން ފާސްކުރީ ސަރުކާރު ހިންގާ ޕީއެންސީގެ 60 މެންބަރުންގެ ވޯޓާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު