ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މ
16 ސެޕްޓެމްބަރު 2025 12:51އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

މި މަހުގެ ނުވަވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އިއްޔެ ބޭއްވި ސަމިޓުގައި ރައީސް ވަނީ ތަގުރީރު ވެސް ކުރައްވައިފަ އެވެ.

ރައީސްގެ ތަގުރީރުގައި، އިޒްރޭލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވި އެވެ. އަދި އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާން ޖެހިގެން ނުވާނޭ ކަމަށް ވިދާޅުވެ، ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވައި އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

މި ސަމިޓުގެ ހަވާސާގައި ރައީސް ވަނީ ގަތަރުގެ އަމީރު، ތަމީމް ބިން ހަމަދު އަލްތާނީއާ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި އިޒްރޭލުން ގަތަރަށް ދާދި ފަހުން ދިން އުދުވާނީ ހަމަލާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވި ކަމަށެވެ. އަދި ރާއްޖެ އިން ގަތަރުގެ ސަރުކާރާއި ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު