ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން އެމްޕީއެލް އާއި އެލިއާ އެއްބަސްވުމަކަށް

ރ
16 ސެޕްޓެމްބަރު 2025 00:061 މިނިޓުގެ ކިޔުން
Aa

އެމްޕީއެލް

ކުޅުދުއްފުށި ސިޓީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެލިއާ އިންވެސްޓްމެންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ. އެލިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެމްޕީއެލް އިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ސާވިސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ އެ ކުންފުނީގެ ޕޯޓްތައް އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެމްޕީއެލް އިން ލޮޖިސްޓިކް މަސައްކަތް ފަށައި ކަނޑާއި ގުޅިފައިވާ މަސައްކަތްތައް ފުޅާކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން އެ ކުންފުންޏަށް ލިބެމުން އަންނަ އާމްދަނީ އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު