އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް

މ
15 ސެޕްޓެމްބަރު 2025 08:23އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ވަޑައިގަންނަވައިފި އެވެ.

މި މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން މި ސަމިޓް ކުރިއަށްދާނީ މިއަދު އެވެ. މި ސަމިޓްގައި ރައީސް ބަޔާނެއް އިއްވަވާނެ އެވެ.

ރައީސް އޮފީހުން ބުނީ، މި ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަކީ ރާއްޖެއިން ގަތަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެކެވެ.

އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް މިކަމުން ބާރު ދޭ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު