ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު ފަރުވާއަށް މާލެއަށް

ރ
1 ސެޕްޓެމްބަރު 2025 14:23އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އއ. އުކުޅަހުގައި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ހަމަލާދީފި އެވެ.

ފުލުހުން ބުނީ، އުމުރުން 26 އަހަރުގެ މީހަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ރިޕޯޓް ކުރީ ރޭ 10:20 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ބައްޕައަށް އުކުޅަހު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެއަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ، އެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ އެމެޖެންސީގައި ކަމަށެވެ. އަދި އޭނާގެ ނަފުސާނީ ބަލި ހުންނަ ދަރިފުޅަށްވެސް މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު