ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވިސްނުން ރައީސް ހުށަހަޅުއްވައިފި

މ
8 ސެޕްޓެމްބަރު 2025 15:001 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދެމުން އަންނަ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންނާ ހިއްސާކުރައްވައިފި އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންވެސް ބޭނުންވަނީ ކުރީގެ ރަަައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ އިނާޔަތް ކުޑަކުރަން ކަމަށެވެ.

”އަޅުގަނޑަށް ފެންނަނީ މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރަން. އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން. ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވުމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ދެކޮޅު ހެދި މެންބަރުން ވިދާޅުވީ ކުރީގެ މެންބަރުންގެ އިނާޔަތް މަދުކޮށްފިނަމަ ކުރިއަށް އޮތް އިންތިހާބުތައް ޕީއެންސީއަށް ގެއްލުމުގެ ނިސްބަތް ބޮޑުވެގެންދާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު