ކައިވެނި ހަފްލާއަކުން ޖަސްޓިން ބީބާގެ ހާއްސަ ފެނިލުމެއް، ގިނަ ބައެއްގެ ތައުރީފު

ރ
3 ސެޕްޓެމްބަރު 2025 08:321 މިނިޓުގެ ކިޔުން
Aa

ލޮސް އެންޖަލިސްގައި އޮތް އިންޑިއާ ކައިވެނި ހަފުލާއެއްގައި އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިއެއް ކަމަށްވާ ޖަސްޓިން ބީބާ ބައިވެރިވެއްޖެ އެވެ.

އެ ހަފުލާގައި ބައިވެރިވި މީހުންނާއެކު ޖަސްޓިން ބީބާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ދަނީ ދައުރުވަމުންނެވެ. މި ހާއްސަ ހަފުލާގައި ޖަސްޓިންގެ ހިނިތުންވުމާއި ހިތްހެޔޮކަން ފެނިގެން ގޮސްފައިވާއިރު ހަފުލާގެ ފޮޓޯތަކާއެކު އެތައް ބައެއްގެ ތައުރީފު ޖަސްޓިން ބީބާއަށް ވަނީ ލިބިފަ އެވެ.

މިއީ އިންޑިއާ ކައިވެންޏަކަށް ޖަސްޓިން ބީބާ ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. 2024 ވަނަ އަހަރު އޭނާ ވަނީ މުމްބާއީގައި ބޭއްވި ހަފުލާއެއްގައި ލަވަ ކިޔައިދީފަ އެވެ. ނަމަވެސް އެއީ އޭނާއަށް ފައިސާ ދީގެން ކުރި ކަމެކެވެ. އެ ހަފުލާ އިން އެކަނި ޖަސްޓިން ބީބާއަށް 10 މިލިއަން ޑޮލަރު ލިބުނު ކަމަށްވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު