ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި

މ
26 އޮގަސްޓު 2025 11:05އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ކުރިން ސަރުކާރުތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ހަމްދޫން އަބްދުﷲ ހަމީދު އައްޔަނުކޮށްފި އެވެ.

ހަމްދޫނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ޒަމީރުގެ، އެޑްވައިޒަރެއްގެ ހައިސިއްޔަތުން ހަމްދޫން މަސައްކަތް ކުރައްވާނީ ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރެއްވި ހަމްދޫން ހަމީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

އަދި ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަކަށް ވެސް ހަމްދޫން ހުންނެވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު