މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ

މ
21 އޮގަސްޓު 2025 13:091 މިނިޓުގެ ކިޔުން
Aa

މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިކަން ހާމަކޮށް ސިޓީ ކައުންސިލުން މިއަދު ވަނީ އިއުލާނެއް ކޮށްފައެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުންކުރަމުންދާ ތަންތަން ހުރިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެ ތަންތަން ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވުމަށް މި ފިޔަވަޅު އަޅާފައިވަނީ، އެ ތަންތަނުގެ ތެރެއިން، ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަނީ ނުވަތަ ބޭނުންކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ލިޔުމަކާ އެކު ހުށަހަޅަން އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ އެ މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅައިފި ނަމަ، އެ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމަށް ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެެވެ.

ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާ އިރު އެ ތަނެއްގައި ބަހައްޓާފައި ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކުނީގެ ގޮތުގައި އެ ތަކެތި ނައްތާލާނެ ކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު