އިމާރާތެއްގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް

ރ
16 އޮގަސްޓު 2025 16:11އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ، ބައިތައް ވެއްޓި، ޖެހިގެން ހުރި އިމާރާތަށާއި ޕާކުކޮށްފައި ހުރި ދެ ސައިކަލަކަށާއި ދެ ކާރަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 1:00 ހާއިރު ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި މި މައްސަލައާ ގުޅޭ މައުލޫމާތު މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ހިއްސާކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލައާ ގުޅުން ހުރި ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު