ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ

ރ
12 އޮގަސްޓު 2025 11:571 މިނިޓުގެ ކިޔުން
Aa

ޣައްޒާ ރައްޔިތުން

ޣައްޒާގެ ރައްޔިތުންނަށް ފަރުވާ ދިނުމަށްޓަކައި އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ރައީސްގެ ތަރުޖަމާން ހަސަން ނަސްބި ވިދާޅުވެފައިވާ ގޮތުގައި އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގެ ސަބަބުން ޒަހަމްވެފައިވާ 2،000 މީހުންނަށް ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއް ހަދަން ނިންމާފައިވަނީ ގަލާންޑް ނަމަކަށް ކިޔާ ފަޅު ރަށެއްގަ އެވެ.

ހަސަން އިތުރަށް ވިދާޅުވީ، އެ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދާ ޣައްޒާގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ގަދަކަމުން ޣައްޒާގެ ރައްޔިތުން އިންޑޮނޭޝިއާގައި ވަޒަންވެރިވުމަށް އަމުރު ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާއަކީ ޣައްޒާގައި ހިންގަމުން އަންނަ ގަތުލް އާންމު ހުއްޓާލުމަށް ގޮވާލައި އެންމެ ވަރުގަދައަށް ބަސް ބުނަމުން އަންނަ އެއް ގައުމެވެ. އެ ގައުމުން ދަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު