ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކިޔުއިން ފުރުސަތު ދިނީ 850 މީހުންނަށް: ޝަހީމް

މ
12 އޮގަސްޓު 2025 11:011 މިނިޓުގެ ކިޔުން
Aa

މި އަހަރު ރާއްޖެއަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް ކިޔުއިން 850 މީހުންނަށް ފުރުސަތު ދީފައިވާނެ ކަމަަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށްވާ ފަގީރުންގެ ތެރެއިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް 50 ޖާގަ ހާއްސަކޮށްފައިވާނެ ކަމަށެވެ.

”“ބާކީ 100 ޖާގަ ދޫކޮށްފައިވަނީ ބަލިމީހުންގެ އެހީތެރިންނާއި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ އަދި އަވަސް ފުރުސަތެއްގައި ޖާގަ ނުލިބިއްޖެނަމަ އެ މީހުންގެ އުމުރުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ އުންމީދު ކުޑަވުމުގެ ސަބަބުން ފުރުސަތު އަވަސްކޮށްދިނުމަށް އެދިފައިވާ ފަރާތްތަކާއި މިފަދަ ހާއްސަ ހާލަތުގައިވާ މީހުންނަށް“ ޝަހީމް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ވެރިންނާއި އާއިލާގެ ބޭފުޅުން ހައްޖަށް ދަނީ 1،000 ކޯޓާގެ ތެރެއިންތޯ އާއި އެ އަހަރަކު ހައްޖަށް ދެވޭނެ މީހުން އާންމުކޮށް އެނގޭނެ ނިޒާމެއް އޮވޭތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި އާއިލާއަކަށް ވަކި މީހަކަށް ނުބަލާ ކަމަށާއި އުސޫލުތައް އެގޮތަށް ތަން ނުދޭ ކަމަށެވެ.

”އެހެންކަމުން ވަކި ބޭފުޅެއްގެ އާއިލާގެ މީހަކަށްވީތީ އެ މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފުރުސަތެއް ނުދޭނެ،“ ޝަހީމް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު