އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން: ފަލާހު

މ
18 އޮގަސްޓު 2025 10:301 މިނިޓުގެ ކިޔުން
Aa

ސަރުކާރުގެ ފަރާތުން މިނިވަން މުއައްސަސާތަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނޮވުމުން، އެމްޑީޕީގެ މަގުސަދަކަށް އަބަދުވެސް ވަނީ އެ ބޭފުޅުންގެ އަބުރު ކަތިލުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށްބަލާއިރު ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ މެމްބަރުން ސޯޝަލް މީޑިއާއާ މެދު ވަރަށް ބޮޑަށް ވިސްނަވަންޖެހިވަޑައިގަންނަވާ ކަމަށެވެ.

ފަލާހު ވިދާޅުވީ ކޮމިޓީއަކަށް ނުވަތަ ކޮމިޝަން، ނޫނީ މުއައްސަސާއަކަށް މީހަކު ނަގަން މަޖިލީހުގެ ކޮމިޓީއަށް ނަންތައް އަންނަ ކަމަށާއި ވަކި ބަޔަކު ބޭނުންވާ މީހަކު ނެގުމަށް ނުވަތަ ވަކި ބަޔަކު ބޭނުންވާ މީހަކު ކަޓުވާލުމަށް ސޯޝަލް މީޑިއާގައި އޭގެ ތެރެއިން ބައެއް މީހުންގެ އަބުރު ކަތިލުމުގެ މަސައްކަތް އެމްޑީޕީން އަބަދުވެސް ކުރާ ކަމަށެވެ.

”މިސާލަކަށް 4 ނޫނީ 5 ނަމެއް އައީމަ، އެތަނުން ކޮންމެވެސް ނަމެއް ކަޓުވާލާން ބޭނުންވަނީ. އެކަން ކުރަނީ ގިނަ ފަހަރަށް އެމްޑީޕީން. އެއީ ވަރަށް ދެރަ ކަމެއް،“ ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ ކަމަށާއި އެމްޑީޕީން ކަންތައް ކުރަނީ ދެރަވަރުކޮށް ކަމަށެވެ. ކޮމިޓީގައި މީހެއްގެ އަބުރު ކަތިލާލުމުގެ ބަދަލުގައި މަސައްކަތް ކުރަންވާނީ ހަގީގަތާ އެއްގޮތަށް ކަމަށް ފަލާހު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު