އައްޑޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، އެއް ސައިކަލު ދުއްވަން އިނީ 15 އަހަރުގެ ކުއްޖެއް

ރ
10 އޮގަސްޓު 2025 22:53އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި މީގެކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް މަގުމައްޗަށް ވެއްޓިފައި

އައްޑޫ ސިޓީގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ، މިރޭ 9:17 އެހާކަންހާއިރު ހިތަދޫ، ހީނާމަގުގައި ހިނގި އެ އެކްސިޑެންޓްގައި އެއް ސައިކަލު ދުއްވަން އިނީ އަންހެނެއް ކަމަށެވެ. އަދި އަނެއް ސައިކަލު ދުއްވަން އިނީ 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު