އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް

މ
13 އޮގަސްޓު 2025 10:571 މިނިޓުގެ ކިޔުން
Aa

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ ސިފައިން ރާއްޖެ ތިބުމާ ދެކޮޅަށް ބޭނުންކުރި “އިންޑިއާ އައުޓް” ޓީ ޝާޓް ލައިގެނަ އޭނާ ހުންނެވި ފޮޓޯ އެއް ނުހުންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ހަލީލް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

”ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ ’ އިންޑިއާ އައުޓް‘ ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓާ. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،“ ހަލީލް ވިދާޅުވި އެވެ.

ހަލީލް އެގޮތަށް ވިދާޅުވި ނަމަވެސް އޭނާ އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގަައި ވަނީ ދައުރުވެފަ އެވެ.

އަދި އިންޑިއާ އައުޓް ސްލޯގަން ބޭނުން ކުރައްވައިގެން ހަލީލު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ވެސް ކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު