ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި

ރ
5 އޮގަސްޓު 2025 23:461 މިނިޓުގެ ކިޔުން
Aa

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހަށް މެޑިކަލް އަދި ލަންކާ މީހަކާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް ސްޕައުސް ވިސާ ދޫކުރަން ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ވިސާ ދޫކުރަން ފަށާނީ 1 އޮގަސްޓް 2025 އިން ފެށިގެން ކަމަށެވެ.

ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަދި ސިއްހީ ފަރުވާއަށާއި ޗުއްޓީއަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ގައުމަކަށްވާއިރު، މިނިސްޓްރީން ބުނީ މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓްރީން ވަނީ ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، އެކަމަށް ސަމާލުވުމަށް ވެސް ލަންކާ ސަރުކާރުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު