ވެމްކޯ އިން ފޮޅާ ސާފުކޮށް ދިނުމުގެ ހިދުމަތް ދޭން ތައްޔާރުވަނީ

A
2 މެއި 2024 19:46އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ވެމްކޯން ބުނެފިއެވެ.

އެ ކުންފުނީ މިރޭ ބުނީ އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށާއި އިތުރު ސަރަހައްދުތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފޮޅާ ސާފުކޮށް ދިނުމުގެ ހިދުމަތަށް އޮތް ޑިމާންޑަށް ބެލުމަށްފަހު ހިދުމަތް ފުޅާކުރާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯން ކުނި އުކުމުގެ ހިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ފައިދާއެއްގައި އެ ކުންފުނި ހިންގުމަށް ގިނަ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތިވަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު