ނިކޯބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމުގެ އަސަރު ކުރި

މ
29 ޖުލައި 2025 08:22އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖެ ގަޑިން ރޭ 11:41 ގައި އައި އެ ބިންހެލުމަށް ފަހު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތަކެއް ލިބުނު ކަމަށެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް، ރާއްޖޭ ގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

މެޓް އޮފީހުން ބުނީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން ލޮޅުމެއް އައި ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު