ހައްޖުވެރިން ހައި ސްޕީޑް ރޭލުގައި މަދީނާއަށް، ބަހުގައި 8 ގަޑިއިރުން ކުރި ދަތުރު 2 ގަޑިއިރަށް

މ
11 ޖޫން 2025 18:291 މިނިޓުގެ ކިޔުން
Aa

ހައްޖާ ގުޅޭ އެންމެހާ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު ދިވެހި ހައްޖުވެރިން މިއަދު މަދީނާއަށް ފުރަން ފަށައިފި އެވެ.

ދިވެހި ހައްޖުވެރިން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ވަނީ މަދީނާއަށް ގޮސްފަ އެވެ.

ދިވެހި ހައްޖުވެރިން މަދީނާއަށް ކުރާ ދަތުރު މިފަހަރު ކުރުމަށް ހަމަޖެހިފައިވަނީ ހައި ސްޕީޑު ރޭލުގައެވެ. މީގެ ކުރިން ދިވެހި ހައްޖުވެރިން މަދީނާއަށް ދަނީ ބަހުގަ އެވެ. އެއީ ގާތްގަނޑަކަށް ހަ ގަޑިއިރާއި އަށް ގަޑިއިރުގެ ދަތުރެކެވެ. އޭގެ ބަދަލުގައި ރޭލުގައި ދެ ގަޑިއިރުން މަދީނާއަށް ދެވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ހައްޖުވެރިންގެ ކަންކަން ލުއިފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވި އިންތިޒާމެއް ކަމަށެވެ.

ހައްޖުވެރިން ރާއްޖެއަށް އެނބުރި އައުމަށް ފުރާނީ މަދީނާ އިންނެވެ. އެގޮތުން ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17 ވަނަ ދުވަހު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު