ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު ލިބުނު ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ސައުދީއަށް

މ
2 ޖޫން 2025 19:54އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާންގެ ހަރަދުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވި ފަލަސްތީން މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް ސައުދީއަށް ގޮސްފި އެވެ.

ރަސްގެފާން ސަލްމާންގެ ހަރަދުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަލަސްތީންގެ 1،000 މީހަކަށް ދެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންގެ އާއިލާތަކާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި މީހުންނެވެ.

އެ 1،000 މީހުންގެ ތެރެއިން އިއްޔެ ވަނީ 500 މީހަކު ސައުދީއަށް ގޮސްފަ އެވެ. އެ މީހުންނަށް މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް އިން ހޫނު މަރުހަބާއެއް ކިއެވެ.

މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް އިން ކުރިން ބުނެފައިވާ ގޮތުން ފަލަސްތީނުގެ ހައްޖާޖީން މައްކާ އާއި މަދީނާގައި ތިބޭ ދުވަސްތަކުގައި ފުރިހަމަ އިންޓަގްރޭޓެޑް ނިޒާމެއްގެ ތެރެއިން އެ މީހުންގެ އަމިއްލަ ގައުމުން ނުކުންނަ ހިސާބުން ފެށިގެން، އެނބުރި ދާންދެން، ހުރިހާ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ޕްލޭނެއް ވަނީ ރާވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު