އީދު ދުވަހު މޯލްޑިވް ގޭސް ބަންދުވާނެ، ނަމަވެސް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ

މ
4 ޖޫން 2025 23:37އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކުރިއަށް އޮތް އަޟްހާ އީދު ދުވަހު މޯލްޑިވް ގޭހުގެ ޑިސްޓްރިބިއުޝަން ޔުނިޓާއި ޕްރޮޑަކްޝަން ޑިޕާޓްމަންޓް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އީދު ދުވަހު ގޭސް ޑެލިވަރީ ބަންދުވި ނަމަވެސް އެ ދުވަހުގެ ހެނދުނު 9 އިން ރޭގަނޑު 12 އަށް އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓްތަކަށް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މޯލްޑިވް ގޭހުން ވަނީ މައާފަށް އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު