އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންފުންޔާ ހަލުވިކަމާއެކު ފެތުރޭނީ މި ބަންދު ތެރޭގައި އެ ގައުމުތަކަށް ދަތުރުކުރާއިރު ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން މިއަދު ކުރި ޕޯސްޓެއްގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދަނީ ކޮން ގައުމުތަކެއްގައި ކަމެއް ނުބުނެ އެވެ. ނަމަވެސް ބުނީ އަވަށްޓެރި ގައުމުތަކަށްދާއިރު މަދިރި ހެފުމުން ރައްކާތެރިވުމަށް އެދިފަ އެވެ.
ޗިކުންގުންޔާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން
ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުން
ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރިގެ ބޭނުންކުރުން
މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުން
އެޗްޕީއޭ އިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާއްމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގަ އެވެ. އެކަމަކު، ހުރިހާ ގަޑިއެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވާން ވަނީ އެދިފަ އެވެ.










ކޮމެންޓް