ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

މ
1 ޖޫން 2025 17:51އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ކެނޑުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މާލޭ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރެވެ. ހަވީރުވީ އިރުވެސް މާލޭ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އަލުން ފުރިހަމައަށް ލިބިފައިނުވެ އެވެ.

ސްޓެލްކޯއިން ބުނީ މިހާތަނަށް ކަރަންޓު ދެވިފައިވަނީ މާލޭގރ60 ޕަސަންޓު އަދި ހުޅުމާލޭގެ70 ޕަސަންޓަށް ކަމަށެވެ. ހުޅުލެއަށް އެއްކޮށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑެން މެދުވެރިވީ ހުޅުމާލެ އާއި މާލެ އާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ކެނޑުމުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ކަރަންޓު ދެވޭވަރުގެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.

ނަމަވެސް އިންޓަކަނެކްޝަނަށް މައްސަލަ ދިމާވީ ކީއްވެގެން އަދި ނޭނގޭ ކަމަށާއި އެކަން ބަލާނީ މާލޭ ސަރަހައްދަށް ކަރަންޓު ދިނުމަށްފަހު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު