25.5.25 : މިއަދު އެކަނިވެސް 59 ކައިވެނި، އަހަރުގެ ރެކޯޑެއް!

މ
25 މެއި 2025 09:15އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މިއަދުގެ ރީތި ތާރީހުގައި 59 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ، މިއަދަކީ މި އަހަރުގެ މިހާތަނަށް ކޯޓުގައި އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށެވެ.

އެގޮތުން މިއަދު ކޯޓުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ކޯޓުން ބުންޏެވެ.

މިއަދު ކޯޓުގައި ގިނަ ކައިވެނިތަކެއް ކުރަން ހަމަޖެހިފައިވާތީ ފެމިލީ ކޯޓުން ވަނީ އެ ކޯޓު ބޭރުގައި ޓެންޓު ޖަހައި ގޮނޑި ޖަހައިފަ އެވެ. އަދި އެތެރޭގައިވެސް ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު