ބިޓްކޮއިން ޕާސްވޯޑް ހޯދަން ރަހީނުކޮށް އަނިޔާކޮށްފި، ހައްޔަރުކުރީ ކްރިޕްޓޯ އިންވެސްޓަރެއް!

މ
26 މެއި 2025 22:321 މިނިޓުގެ ކިޔުން
Aa

އެމެރިކާގެ މެންހެޓަންގައި ބިޓްކޮއިން ޕާސްވޯޑް ނުދިން މައްސަލައެއްގައި އިޓަލީ ފަތުރުވެރިއަކު ރަހީނުކޮށް އަނިޔާކޮށްފި އެވެ.

އެ މައްސަލައިގައި ނިއު ޔޯކް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކީ ނިއު ޔޯކްއަށް ނިސްބަތްވާ 37 އަހަރުގެ ކްރިޕްޓޯކަރެންސީ އިންވެސްޓަރެކެވެ. ދެވަނަ މީހާއަކީ 24 އަހަރުގެ ފިރިހެނެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ އެ ފަތުރުވެރިޔާ ރަހީނުކުރިކަން ފަޅާއެރީ އޭނާ ރަހީނުކޮށްފައި ހުރި ތަނުން ސަލާމަތްވެގެން ގޮސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. އޭނާއަށް ސަލާމަތް ވެވުނީ އެތައް ހަފުތާއެއް ވަންދެން އޭނާ ރަހީނުކޮށްގެން ގެންގުޅުނު ފަހުންނެވެ.

މި މައްސަލައާ ގުޅިގެން ޕޮލިހުން ހިންގި ތަހުގީގުގައި ފަތުރުވެރިޔާ ރަހީނުކޮށް ބަނދެފައި ހުރި ފޮޓޯތަކަކާއި ބަޑިން ބިރު ދައްކާފައި ހުރި ފޮޓޯތަކެއް ފެނިފަ އެވެ. އަދި ބިޓްކޮއިން އެކައުންޓުގެ ޕާސްވޯޑް ދޭން ދެކޮޅު ހެދުމުން އޭނާއަށް އަނިޔާކޮށް ތަނެއްގެ މަތިން ވައްޓަލަން އުޅުނު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު