ޕޮލިސް ޓްރެއިނިންގައި އުޅެނިކޮށް ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރަށް ލައިފި

މ
7 މެއި 2025 13:321 މިނިޓުގެ ކިޔުން
Aa

ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ޒުވާނާގެ ހާލު އަދިވެސް ވަަރަށް ސީރިއަސް ކަމަށާއި މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ވާނީގައި ހުންނަ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން އާދިއްތަ ދުވަހުގެ ރޭ ފަތިހު، ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އަދި އިތުރު ފަރުވާ ދިނުމަށް އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.

އައިޖީއެމްއެޗުން ބުނީ އެ މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޕޮލިސް ޓްރެއިނިން ހަދަމުންދިޔަ އެ މީހާގެ ހާލު ސީރިއަސްވި ސަބަބެއް އައިޖީއެމްއެޗުން ވެސް އަދި ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު