ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ، ކުރިއަށް އޮތީ ވިއްސާރަ 3 ދުވަސް

މ
11 މެއި 2025 13:39އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓުން މިއަދު ބުނީ ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ އިތުރުން ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ. އެހެންވެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން މިދިޔަ ހަފްތާގައި ބުނެފައިވަނީ ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ ގޮތަކީ ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުން ކަމަށް މެޓުން ބުންޏެވެ.

އެ ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ގޮސްފި ނަމަ، އެއީ ހުޅަނގު މޫސުން ފެށުނީ ކަމަށް ބަލާނެ ކަމަށް މެޓުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު