ގެއްލުނު 15 އަހަރުގެ ކުއްޖާ ފޭސް އެކެއްގައި ހުއްޓާ ފެނިއްޖެ

މ
6 މެއި 2025 12:451 މިނިޓުގެ ކިޔުން
Aa

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ޕޭސް އެކެއްގައި ހުއްޓާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ފެނުނީ މެންދުރު 12:18 ހާއިރު ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ފުލުހުން ކުރިން ބުންޏެވެ.

އެ ދަރިވަރު ސްކޫލަށް ދާން ނުކުތީ ހިޔާ ޓަވަރު 8 އިން ކަމަށާއި އެކަމަކު އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ޔަގީން ވެފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު