ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވެއްޖެ

މ
5 މެއި 2025 10:501 މިނިޓުގެ ކިޔުން
Aa

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި މއ. ރެސްޓިންހައުސް, ފާތިމަތު އިނާޔާ އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.

އޭނާ އެ މަގާމުން ވަކިކުރެއްވީ ކަމެއް އަމިއްލައަށް ވަކިވެވަޑައިގެންނެވީ ކަމެއް އަދި ސާފެއް ނޫނެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވި ނަމަވެސް، މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގައި އޭނާ ދެމިއެބަހުއްޓެވެ.

ފޮރިން ސެކްރެޓެރީއަކީ ހާރިޖީ ކަންކަމާއި ޑިޕްލޮމެސީ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ އިސް ފަރާތެވެ.

އިނާޔާ ވަނީ އޭނާ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުރި ދުވަސްވަރު ކުރި މަސައްކަތަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

އިނާޔާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި އަންހެން ބޭފުޅާއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ ޑިސެމްބަރު 12، 2023 ގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު