މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރަނީ

މ
28 އޭޕްރީލް 2025 13:061 މިނިޓުގެ ކިޔުން
Aa

މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ”ވިޒިޓް މެލޭޝިއާ އެކްސްޕޯ“ ގެ ބޭނުން ހިފައި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ހަލާލް ޓޫރިޒަމްގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އަންވަރާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ހަލާލް އިންޑަސްޓްރީގައި މެލޭޝިއާއަކީ ވަރަށް ކުރިއަރާފައިވާ ގައުމެއް ކަމަށް ވިދާޅުވި އެވެ.

އެ ޕްރެސްގައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ހަލާލް އިންޑަސްޓްރީގައި އެ ގައުމުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން ތައްޔާރު ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު