ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ހުރި ފަރާތްތަކަށް އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ތެރެއިން ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ހުރި ފަރާތްތަކަށް އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައި، އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރަޖިސްޓްރީވެފައި ހުރި ފަރާތްތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. މި ލިސްޓުގައި 4651 މީހުން ހިމެނެއެވެ.

އީސީން ވިދާޅުވީ، މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަނަކަށް ރަޖިސްޓްރީ ކުރުމަށް ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަލުން ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުގައި ރީ-ރަޖިސްޓްރީ ކުރުމަށް ރަށު ކައުންސިލާއި ސިޓީތަކުގެ އަވަށު އޮފީސްތަކަށް ފޯމު ހުށަހެޅޭނެ ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކޮށްދޭނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު