ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

މ
20 އޭޕްރީލް 2025 10:131 މިނިޓުގެ ކިޔުން
Aa

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި އެވެ.

އެ ސިނގިރޭޓުތައް އަތުލައިގެންފައިވަނީ މޯލްޑިވްސް ކަސްޓަމް ސާވިސްއިންނެވެ.

ކަސްޓަމުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ސިނގިރޭޓުތައް އަތުލައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ ސިނގިރޭޓުތައް އަތުލައިގެންފައިވަނީ ގަން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

ޖުމްލަ 130،155 ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

ނަމަވެސް އެއީ ކޮން ބްރޭންޑެއްގެ ސިނގިރޭޓް ކަމެއް ކަސްޓަމުން ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު