ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް ގެނެސް ނިދާލާ، ބޮޑުތަނުން ރަނގަޅުވާނެ

މ
19 އޭޕްރީލް 2025 11:13އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކޮންމެ ރެއަކު ނިދާއިރު 2023 ގައި ރައްޔިތުން އިންތިހާބު ކުރި ވެރިއަކީ ރައީސް ޑރ. މުއިއްޒު ކަމަށް ހިތަށް ގެނައުމުން ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ސިޔާމް ރައްދު ދެއްވައިފި އެވެ.

ސިޔާމް އެގޮތަށް ރައްދު ދެއްވީ ޕރައީސް މުއިއްޒު މަކަރު ހަދާހާ ހިނދަކު އެ މަނިކުފާނަށް ސުވަރުގެ ހަރާމް ކުރައްވާނެ ކަމަށް އަންގަވާފައިވާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ޖަލްސާއެއްގައި ޖަމީލު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ސިޔާސީ ވިޔަސް އެއީ ބޮޑުވަރު ކަމަށާއި ޖަމީލުމެން ފަދަ ބޭފުޅުން ތިއްބަވަނީ ކަންމަތިން މައިކެއް ލިބުނަސް ހޭބުއްދިފިލާ ދުނިޔެ ރަންވެފައި ކަމަށެވެ.

”ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިހާބު ކުރެއްވި ވެރިޔަކީ ޑރ. މުއިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ،“ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް ﷲ ދެއްވާ އެއްޗެއް ކަމަށާއި އަދި ހެޔޮ އަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެ ކަމަށެވެ.

”އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި،“ ޝިޔާމް ވިދާޅުވެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު