ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، ތުރުކީ ރައީސް އުރްދުޣާންއާ ބައްދަލުކުރައްވައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރައްވައިފިއެެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރމަންޓްސް ސަމިޓުގެ ހަވާސާގައެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

މިދިޔަ ނޮވެމްބަރުމަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީވިލާތަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު