ޖެކްލިން ފެނަންޑޭޒްގެ މަންމަ މަރުވެއްޖެ

މ
7 އޭޕްރީލް 2025 08:201 މިނިޓުގެ ކިޔުން
Aa

ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒްގެ މަންމަ ކިމް ފެނަންޑޭޒް މަރުވެއްޖެ އެވެ.

ކިމް މަރުވެފައިވަނީ މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ހާޓް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް އިއްޔެގެ ވަގުތެއްގައި މުމްބާއީގައި ހުންނަ ލިލަވަތި ހޮސްޕިޓަލުގަ އެވެ.

މަންމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީއްސުރެ ޖެކްލިން ހުރީ މަންމަ ކައިރީގަ އެވެ. އެގޮތުން މިދިޔަ މަހު އިންޑިއަން ޕްރިމިއާ ލީގު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުށަހަޅައި ދިނުމަށް ލިބުނު ފުރުސަތުވެސް އޭނާ ދޫކޮށްލި އެވެ.

ބަހްރެއިންގެ އެއާ ހޮސްޓްރެސް އަކަށް އުޅޭ ކިމް އަކީ މެލޭޝިއާ އަދި ކެނެޑާ ރަށްވެއްސެކެވެ. ކިމް އާއި އޭނާގެ ފިރިމީހާ އެލްރޯއީ ފެނަންޑޭޒްއާ ބައްދަލުވީ 1980ގެ ތެރޭގައެވެ. އެ ފަހުން ލަންކާގައި ދެ މީހުން އުޅެމުންދިޔަ ނަމަވެސް އެ ގައުމުގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމައާ ގުޅިގެން ލަންކާ އިން ބަހްރެއިނަށް ބަދަލުވި އެވެ.

އެ ދެމަފިރިންގެ ހަތަރު ކުދިން ތިބެ އެވެ. އޭގެ ތެރެއިން އެންމެ ހަގަށް ހުންނަނީ ޖެކްލިން އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު