އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބުރޫނާއީން ނިންމީ މާޗު 31 އަކީ އީދު ކަމަށް

މ
29 މާރިޗު 2025 19:23އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިސްލާމީ ބައެއް ބޮޑެތި ގައުމުތަކަށް ފިތުރު އީދަކީ އަންނަ ހޯމަދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

ލަންޑަރުގައިވާ ގޮތުން ވެސް މި އަހަރުގެ ފިތުރު އީދުވާނީ ހޯމަ ދުވަހެވެ. އެކަމަކު ހަނދު ފެނިއްޖެ ނަމަ، މާދަމާ އީދު ފާހަގަކުރާނެ އެވެ.

ފިތުރު އީދު ދުވަސް މާޗު 31 މާޗު ވާ ހޯމަދުވަހު ކަމަށް ކަނޑައެޅި ބައެއް ގައުމުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނޭޝިއާ، މެލޭޝިއާ، ބުރުނާއީ އަދި ބަންގްލަދޭޝް ވެސް ހިމެނެ އެވެ.

ސައުދީ އަރަބިއްޔާއިން ހަނދާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ސައުދީއަށް ހަނދު ފެނުން ވަރަށް ގާތެވެ. އެ ގައުމުން އެކަން ރަސްމީކޮށް ނިންމާނީ މިރޭ ރާއްޖޭ ގަޑިން އަށެއް ޖަހާކަންހާއިރު އެވެ.

ރާއްޖެއިން ވެސް ހަނދު ސާބިތުކުރުމުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އެ ގަޑީގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު