ވެލިދޫ އާ ހޮސްޕިޓަލާއި ފެންފުށީ އާ ސިއްހީ މަރުކަޒު ހަދަން އާރުޑީސީ އަށް

މ
29 މާރިޗު 2025 15:291 މިނިޓުގެ ކިޔުން
Aa

ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތާއި އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ވެލިދޫ އާ ހޮސްޕިޓަލް ހަދަން އާރުޑީސީއާ ހަވާލުކުރީ 108 މިލިއަން ރުފިޔާއަށެވެ. އަދި ފެންފުށީ އާ ސިއްހީ މަރުކަޒު ހަދަން ހަވާލުކުރީ 27 މިލިއަން ރުފިޔާއަށެވެ.

ދެ މަޝްރޫއުވެސް ނިންމަން ދީފައިވަނީ ދޮޅު އަހަރު ދުވަހެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު