އެއާޕޯޓުން ސިނގިރޭޓް ކާޓަން ބޭރު ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މ
27 މާރިޗު 2025 14:561 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން މިމަހުގެ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23އ) އެވެ.

އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެއާޕޯޓުން ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަކީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، 45އ. އަދި ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، 38އ. އެވެ. އެ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުން ބަންދުން ދޫކޮށްލައިފަ އެވެ.

ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ. އިއްޔެއިން ފެށިފެން މުސާރަ ނުހިނގާ ގޮތަށް ނަޒީރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު