ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ

މ
18 މާރިޗު 2025 12:131 މިނިޓުގެ ކިޔުން
Aa

މާލޭގައި ފިހާރައަކަށް ވަދެ ސޭޓަށް ބިރުދެއްކުމަށްފަހު ފައިސާ އާއި ސިނގިރެޓް ކާޓަންތަކެއް ފޭރިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 9:25 ހާއިރު މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ، އެ ތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރު ދައްކައިފައިވާ ކަމަށެވެ.

ސޭޓަށް ބިރު ދައްކައި ފޭރުނު ތަކެތީގެ ތެރޭގައި ސިނގިރޭޓާއި ފައިސާގެ އިތުރުން އެހެން މުދާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު