ހަނިމާދޫ އާއި މާމިގިލީ ހޮސްޕިޓަލް އަދި ގާފަރު ސިއްހީ މަރުކަޒު ހަދަން އާރުޑީސީއަށް

މ
13 މާރިޗު 2025 13:361 މިނިޓުގެ ކިޔުން
Aa

ހަތަރު ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހދ. ހަނިމާދޫ އާއި އދ. މާމިގިލީ ހޮސްޕިޓަލާއި ކ. ގާފަރު ސިއްހީ މަރުކަޒު އަދި ކުޅުދުއްފުށި ސިޓީގެ ދަމަނަވެށި ހެދުމަށެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 260 މިލިއަން ރުފިޔާ އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.

އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ އަގުތައް:

  • މާމިގިލީ ހޮސްޕިޓަލް އިމާރާތް ކުރަން: 105 މިލިއަން ރުފިޔާ

  • ހަނިމާދޫ ހޮސްޕިޓަލް އިމާރާތް ކުރަން: 105 މިލިއަން ރުފިޔާ

  • ގާފަރު ސިއްހީ މަރުކަޒު އިމާރާތް ކުރަން: 27 މިލިއަން ރުފިޔާ

  • ކުޅުދުއްފުށީ ދަމަނަވެށި އިމާރާތް ކުރަން: 23 މިލިއަން ރުފިޔާ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު