މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ، ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވާތާ 6 ދުވަސް

މ
13 މާރިޗު 2025 12:171 މިނިޓުގެ ކިޔުން
Aa

މާލެއިން އަންހެނަކު ގެއްލިގެން އުޅޭތީ، އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން/ ހައްވާ ހަސަން (31އ) އެވެ.

ފުލުހުން ބުނީ، ހައްވާ ގެއިން ނުކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ މީގެ ހަ ދުވަސް ކުރިން، މާޗު އަށްވަނަ ދުވަހު ކަމަށެވެ.

އެ މައްސަލަ ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި މިހާތަނަށް ކުރި މަސައްކަތުންވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ފުލުހުން ވަނީ ހައްވާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު