އިންޑިއާ އިން އިތުރު ކާށި ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފި، ކިލޯއެއް 20ރ. އަށް

މ
4 މާރިޗު 2025 20:441 މިނިޓުގެ ކިޔުން
Aa

ބާޒާރުގައި ކާށީގެ އަގު ބޮޑުވުމުން އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އިތުރު ކާށި ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން އޯޑަރުކުރި ފުރަތަމަ ބެޗުގެ ކާށި ގެނައީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އެ ފަހަރު ކާއްޓެއް ވިއްކީ ފަސް ރުފިޔާއަށެވެ.

އޭރު ބާޒާރުގައި ކާއްޓެއްގެ އަގު އުޅުނީ 10ރ. އާއި 20ރ. އާ ދެމެދުގަ އެވެ. ނަމަވެސް ރޯދަ މަސް ފެށުމުން ކާށީގެ އަގު ވަނީ ރަނަށްވެފަ އެވެ. އެގޮތުން ބާޒާރުގައި މިހާރު ކާއްޓެއް ވިއްކަމުންދަނީ 20ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އިންޑިއާ އިން ގެނައި ކާށި ޝިޕްމަންޓް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ވިއްކަން ފަށާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ކާށި ކިލޯއެއް ވިއްކަމުންދަނީ 20 ރުފިޔާއަށެވެ. އަދި ކާއްޓެއް ވިއްކަމުންދަނީ 7ރ. އާއި 9ރ. އާ ދެމެދުގެ އަގެއްގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު