މީހަކު މަރާލި އިންޑިއާ ދެ މީހަކަށް ޔޫއޭއީގައި މަރުގެ އަދަބު ދީފި

މ
7 މާރިޗު 2025 10:501 މިނިޓުގެ ކިޔުން
Aa

މީހަކު މަރާލި މައްސަލައެއްގައި ދައުވާ ކޮށްފައި ތިބި އިންޑިއާގެ ދެ މީހަކަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން މަރުގެ އަދަބު ދީފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ, އެ ދެ މީހުންނަށް ބޭނުންވާ ހުރިހާ ގާނޫނީ އެހީތެރިކަމަކާއި ކޮންސިއުލާ އެހީތެރިކަމެއް ޔޫއޭއީގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުން ފޯރުކޮށްދީ, އެ މީހުންނަށް މައާފު ދިނުމަށްވެސް ޔޫއޭއީ ސަރުކާރުގައި އެދުނު ކަމަށެވެ.

ނަމަވެސް އެ މީހުންނަށް އިއްވި މަރުގެ ހުކުމް 28 ފެބްރުއަރީ 2025ގައި ތަންފީޒުކޮށްފައިވާކަން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އުމުރުން 33 އަހަރުގެ އަންހެނަކަށްވެސް ޔޫއޭއީން ވަނީ މަރުގެ އަދަބު ދީފަ އެވެ. އޭނާއަށް މަރުގެ އަދަބު ދިނީ, އޭނާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު މަރުވި މައްސަލައެއްގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު