ބިޑަކާ ނުލާ މަޝްރޫއު ހަވާލު ކުރުމުގެ ބާރު ކެބިނެޓަށް

މ
27 ފެބްރުއަރީ 2025 11:181 މިނިޓުގެ ކިޔުން
Aa

ކެބިނެޓުން ނިންމައިގެން ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތައް ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ކުރިއަށް ގެންދެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓު ކުރި އިސްލާހުގައިވާ ގޮތުން، އެފަދަ މަޝްރޫއުތައް ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ ދަށުން ހަވާލު ކުރެވޭނީ ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށެވެ.

އަދި ”ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕުރޮގުރާމު“ ގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމަ ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިިބިގެންވާ ކަަމަށެވެ.

އަދި އިސްތިސްނާ ދެވޭ މަޝްރޫއު ހަވާލުކުރާ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރުކުރުމުގައި މިނިސްޓްރީން ކަނޑައަޅާ ހާއްސަ މިންގަނޑެއް ބޭނުންކުރުމަށް ގަވާއިދު ހުރަސް ނާޅާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު