މީކާއިލްގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި

މ
25 ފެބްރުއަރީ 2025 09:57އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މީކާއިލްގެ ނަން އިއްވީ އެމްޑީޕީން ހުށަހަޅާފައިވާ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވަނިކޮށް ތަކުރާރުކޮށް މީކާއިލް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީކާއިލްގެ ނަން އިއްވަމުން ވިދާޅުވީ ނިޒާމާ ބެހޭ މައްސަލައަށް ޖަވާބުދާރީވާން މީކާއިލް ފުރުސަތު ނުދޭ ކަމަށެވެ. މިގޮތުން އޭނާގެ ނަން އިއްވާފައި ވަނީ ތިން ފަހަރު ނަސޭހަތް ދިނުމަށްފަހު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަން އިއްވުމުން މީކާއީލް ވަނީ މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ. އެހެންވެ މީކާއީލް ނެރުނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މުވައްޒަފުން ބޭނުންކޮށްގެންނެވެ.

މީކާއިލް ވިދާޅުވީ މިއީ ނިޒާމާބެހޭ މައްސަލައަކަށް އެދެނިކޮށް މަޖިލީހުގެ ތަޅުމުން މެންބަރަކު ބޭރުކުރި ފުރަތަމަ ފަހަރު ކަމަށާއި އެކަން ކުރީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު