އައިޑީކާޑުގައި ހުޅުމާލެ ޖެހުމުގެ ބަދަލުގައި ދެން ޖަހާނީ "ހމ"

މ
18 ފެބްރުއަރީ 2025 16:121 މިނިޓުގެ ކިޔުން
Aa

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހުޅުމާލޭ ޖެހުމުގެ ބަދަލުގައި ”ހމ“ ޖަހަން ނިންމައިފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލޭ ސިޓީ ކައުންސިލުން މި މަހުގެ ދެވަނަ ދުވަހު، އެ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އައިޑީކާޑުގައި ދިވެހިން ހުޅުމާލެ ލިޔާއިރު ”ހމ“ އަދި އިނގިރޭސިން ލިޔާއިރު ”HM“ ޖަހަން އަންގާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުގެ އެ އެންގުމާ އެއްގޮތަށް މިއަދުން ފެށިގެން ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ދޫކުރާ އައިޑީކާޑުތަކުގައި ހުންނާނީ ހުޅުމާލެ ޖެހުމުގެ ބަދަލުގައި ”ހމ“ ކަމަށްވެސް ބުންޏެވެ.

އައިޑީކާޑުގައި ހުޅުމާލެ ފިޔަވައި އެހެން ހުރިހާ އަވަށެއްގައިވެސް މިހާރު ބޭނުން ކުރަމުން އަންނަނީ އެ އަވަށެއް ފެށޭ އަކުރެވެ. އެގޮތުން ހެންވޭރު (ހ) މާފަންނު (މ) ގަލޮޅު (ގ) މައްޗަންގޯޅި (މއ) އަދި ވިލިމާލެ (ވ) އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު